ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޔައުމިއްޔާ ލިޔަން ވޮައިސް ރިކޮގްނިޝަން ބޭނުން ކުރަނީ

ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތައް ލިޔެވޭނެ ގޮތެއް ހަދަން މަސައްކަތް ފަށައިފި އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޮައިސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި މަޖިލީހުގެ ޔައުމިއްޔާތައް ލިޔެވޭނެ ގޮތެއް ހޯދަން އެޕްލިކޭޝަނެއް ތައްޔާރު ކުރަން ބަޔަކާއެކު މަަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަަތަށް އަދި ދުވަސްތަކެއް ހޭދަވާނެ ކަަމަށެވެ.

"ހަމައެއާއެކު ޔައުމިއްޔާ ތަރުޖަމާ ކުރުމަށް ޓްރާންސްލޭޝަން އެޕްލިކޭޝަން އެއްގެ މަސައްކަތް ވެސް މަޖިލީހުން ގެންދަނީ ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.