ރަންބީރު ކަޕޫރު

ރަންބީރުގެ "ތަމާޝާ" ޕާޓީއަށް ކެޓްރީނާ ނައީ ކީއްވެ؟

Dec 2, 2015
1

ޖެހިޖެހިގެން ނިކުތް ރަންބީރު ކަޕޫރުގެ ތިން ފިލްމެއް ފްލޮޕްވި ފަހުން އޭނާގެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ރިލީޒްކުރި ޑައިރެކްޓަރު އިމްތިޔާޒު އަލީގެ "ތަމާޝާ" އަކީ ހުރިހާ ގޮތަކުން ވެސް ރަންބީރުގެ ކެރިއަރަށް ހާއްސަ ފިލްމެކެވެ.

މިފިލްމު ކާމިޔާބުވުން ރަންބިރުގެ ކެރިއަރަށް ވަރަށް މުހިންމު ކަމަށް ގިނަމީހުން ބުނަމުން ދަނިކޮށް އުންމީދުކުރި ގޮތަށް މިފިލްމަށް ބޮކްސް އޮފީހުގައ ލިބިގެން ގޮސްފައިވަނީ ވެސް ރަނގަޅު ތަރުހީބެކެވެ.

ފުރަތަމަ ހަފްތާ ބަންދުގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕާޓީއެއް ބާއްވާފައިވާއިރު، މިޕާޓީއިން ރަންބީރުގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ނުފެނުމުން ގިނަބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފަ އެވެ.

ރަންބީރާއެކު ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވާ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން މިޕާޓީ އަށް ގޮސްފައިވަނީ ލޯބިވެރިޔާ ކަމަށް ބުނާ ރަންވިރު ސިންގް ގޮވައިގެންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މިޕާޓީއަށް ކެޓްރީނާ އަށް ދައުވަތު ދީފައިވީ ނަމަވެސް އޭނާ ޕާޓީއަށް އައިސްފައެއް ނުވެ އެވެ. ސަބަބެއްކަމަށް ގިނަފާރަތްތަކުން ފާހަގަކޮށްފައިވަނީ މިޕާޓީގައި ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދިޕިކާ ބައިވެރިވުމެވެ.

ދިޕިކާ އާއި ކެޓްރީނާގެ ކޯޅުން ގަނޑުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ދިޕިކާ ދޫކޮށް ރަންބީރު ކެޓްރީނާއާއި ރައްޓެހިވިފަހުން މިދެބަތަލާއިންގެ ބަހުގެ ހޫނު ހަމަލާތައް އެކަކު އަނެކަކަށް އަބަދުހުން ބަދަލުކުރަމުން އައިިސްފައިވެ އެވެ.

ދިޕިކާ މިޕާޓީގައި ބައިވެރިވާތީ އޭނާއާއި އެއްފުރާޅެއްގެ ދަށުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަން ބޭނުންނުވާތީ ކެޓްރީނާ ބައިވެރިނުވީކަމަށް ބުނަމުން އައި ނަމަވެސް ކެޓްރީނާގެ ގާތްފަރާތަކުން ވަނީ އޭނާއަށް ރަންބީރުގެ އުފަލުގައި ބައިވެރިނުވެވުނީ އެރޭ އިޝްތިހާރެއް ޝޫޓްކުރުމުގައި އުޅުމުން ކަމަށެވެ.

ކޮންމެއަކަސް ރަންބީރުގެ ތިންފިލްމެއްގެ ނާކާމިޔާބީއަށްފަހު އެތައް ދުވަހެއް ފަހުން އޭނާގެ ފިލްމެއް ކާމިޔާބުވެ އެކަން ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ކެޓްރީނާ ނެތުމުން އޭނާ އަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ރަންވިރު ވަނީ މިޕާޓީގައި ނޫސްވެރިންނާއި ވާހަކަދައްކަމުން، ލޯބިވެރިޔާ ދިޕިކާ އަށް ތައުރީފުގެ ބަސްތައް އޮއްސާލާފަ އެވެ. އަދި ރަންބީރުގެ މަންމަ ނީތޫ ސިންގް ވެސް ދިޕިކާ އަށް ގުޅައި "ތަމާޝާ"ގައި އޭނާ ދައްކުވާފައިވާ އެކްޓިން އަށް ތައުރީފުކޮށްފަ އެވެ.