އަލިފާން

ގެއެއްގައި ރޯވެ ގެއްލުންވެއްޖެ

Oct 17, 2021

މާލޭގެ ގަލޮޅު އަވަށު ގެއެއްގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ.

ރޯވެފައި ވަނީ އަމީނީމަގު ސީގަލް ފިހާރައާ އިންވެގެން ހުރި އިމާރާތެއްގަ އެވެ. ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ. ރޯވި ގެއިން މިހާރު ވަނީ އަލިފާންގަނޑު ނިއްވައިލާފަ އެވެ.

ހަތަރު ބުރީގެ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ރޯވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުންވިކަން ސާފެއް ނުވެއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިނެއް ބުނީ ރޯވި ތަނަކީ ބިދޭސީންތަކެއް ދިރިއުޅޭ ތަނެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. އތުރު ތަފްސީލެއް ނުދެ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައި ވަނީ މިއަދު 11:15 ހާއިރު އެވެ.