ހަބަރު

ގުރައިދޫ ކައުންސިލަރަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާއެއްޗެއްސާއެކު ތ. ގުރައިދޫ ކައުންސިލްގެ ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ގުރައިދޫއިން މަސްތުވާ ތަކެއްޗާއެކު 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާ ތަކެތި ހިމެނޭ ސެލޯފިން ކޮޅު ފެނިފައިވަނީ މަގުމަތިން ކައުންސިލަރު ހުއްޓުވައި ބަލާ ފާސްކުރި އިރު އެވެ. އަދި ހައްޔަރުކުރުމަށްފަހު ޓެސްޓް ކުރި އިރު އޭނާ ވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެސްވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރު ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

ގުރައިދޫ ކައުންސިލަކީ ޕީޕީއެމަށް ނިސްބަތްވާ ފަސް މެމްބަރުން ހިމެނޭ ކައުންސިލެކެވެ.