މޯލްޑިވްސް ޕޮލިސް ސާވިސް

އަލީ ޝިޔާމް ހާޒިރުކުރީ ފުލުހުންނަށް ބިރު ދެއްކި ކަމަށް ތުހުމަތުކޮށް: ވަކީލް

Dec 2, 2015
7

ފުލުހުންނަށް ބިރު ދެއްކި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ބަޔާނެއް ފުލުހުން ނަގައިފި އެވެ.

އޭނާގެ ބަޔާން ފުލުހުން ނަގާފައި ވަނީ މިއަދު މެންދުރު ފަހުގެ 2:30 ގައި ފުލުސް އޮފީހަށް ހާޒިރުކޮށްގެނެވެ. އަލީ ޝިޔާމާއެކު ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުހަށް ވަޑައިގެންނެވީ ހަސަން ލަތީފެވެ. އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.

ހަސަންލަތީފު މިއަދު ވިދާޅުވީ އަލީ ޝިޔާމަށް ފުލުހުން ތުހުމަތު ކުރަނީ "ބްރޭކް ވޯޓާ" ގައި ތިބި ފުލުހުންތަކަކަށް އަލީ ޝިޔާމް ބިރު ދެއްކު ކަމަށް ބުނެ ކަމަށާއި އެ ހުމަތުތަކަށް އިންކާރުކޮށް އަލީ ޝިޔާމް ފުލުހަށް ބަޔާން ދިން ކަމަށެވެ.

ފުލުހުން ބުނެފައި ވަނ އަލީ ޝިޔާމް މިއަދު ހާޒިރުކުރީ ތަހުގީގު ކުރާ މައްސަަލައަކާ ގުޅިގެން ކަމަށެވެ.