މާރާމާރީ ހިންގުން

މާރާމާރީ ހިންގާ ޒުވާނަކު ޒަހަމުކޮށްލައިފި، ތުހުމަތު ދެ ކުއްޖަކަށް

މާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އަލަމާ ގޯޅީގައި ހިނގި މާރާމާރީއެއްގެ މައްސަލަ އެ ހިދުމަތަށް ހުށައެޅުނު ކަމަށެވެ.

މާރާމާރީގައި 26 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ދީފައިވާ އަނިޔާގެ ތަފްސީލެއް ނުދެއެވެ. އަދި މިހާރުގެ ހާލަތެއްވެސް ނުބުނެއެވެ.

ފުލުހުން ބުނީ މާރާމާރީގެ ތުހުމަތުގައި އުމުރުން 15 އަހަރު ނުފުރޭ ދެ ކުއްޖަކު ފުލުހަށް ހާޒިރުކުރި ކަމަށެވެ. ނަމަވެސް އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދީން ކަމުން އެ ކުދިން މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މާރާމާރީގެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނުވެނައިލް އޮފެންޑާސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.