ވިޔަފާރި

ދިރާގުން ރާއްޖޭގެ 05 ޕަސެންޓަށް ފޯޖީގެ ހިދުމަތް ތައާރަފުކޮށްފި

Jan 18, 2015
1

ދިރާގުން ފޯޖީގެ ހިދުމަތް ފުޅާކޮށް، ރާއްޖޭގެ 50 ޕަސެންޓަށް ފޯޖީގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ދިރާގުން ފޯޖީގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ގެންދާ މަސައްކަތްތަކުގެ ދަށުން އެ ކުންފުނިން ވަނީ ގއ. ވިލިނގިލި، ގދ ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ޅ. ނައިފަރަށް ފޯޖީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ.

އެ ކުންފުނިން އެންމެ ފަހުން މި ހިދުމަތް ތައާރަފުކޮށްފައި ވަނީ ޏ. ފުވައްމުލަކަށެވެ. ހިދުމަތް ތައާރަފްކޮށްދެއްވީ ފުވައްމުލަކު ހާފިޒު ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައިފުވައްމުލަކުގެ އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ދިރާގު ބޯޑުގެ ޗެއާމަން ރިލުވާން ޝަރީފެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ވަހީދާއި ދިރާގު ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދާއި މާކެޓިން ޑިރެކްޓަރު އަޙްމަދު މައުމޫނު ބައިވެރިވި ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއީލް ވިދާޅުވީ ދިރާގުން މުޅިރާއްޖެއަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގަ މޮބައިލް އިންޓަނެޓް ސްޕީޑް މަތިކުރެވި ފޯޖީގެ ހިދުމަތް އާބާދީ ބޮޑު ބަޔަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"މިއަދު، ރާއްޖޭގެ އެހެން އަތޮޅުތަކާ ގުދުރަތީ ގޮތުން ތަފާތު އަތޮޅެއްކަމުގައިވާ ފުވައްމުލަކަށް ވެސް މިހާރު ދިރާގުގެ ފޯޖީ ހިދުމަތް ލިބިވަޑައިގަންނަވާނެކަމަށް. ހަލުވި ސްޕީޑްގައި އިންޓަރެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށް ވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެ،" އިސްމާއިލް ވިދާޅުވި އެވެ.