ވިޔަފާރި

ނައިޓް މާކެޓު މޭޒުތައް ގަތުމަށް ދިގު ކިޔުއެއް

Jan 18, 2015

މި އަހަރުގެ ޖޫން މަހު ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބާއްވާ ނައިޓް މާކެޓުގެ މޭޒުތައް ގަތުމަށް ދިގު ކިޔޫއެއް ހަދައިފި އެވެ.

އަމީނީމަގުގައި ހުންނަ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ ކައިރީގައި މިއަދު ހެނދުނުން ފެށިގެން ވަނީ ދިގު ކިޔޫއެއް ހަދާފަ އެވެ. އެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފު ވިދާޅުވީ ނައިޓް މާކެޓުގައި ނައިޓް މާކެޓަށް 300 އަށްވުރެ ގިނަ ފޯމް ދޫކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މި އަހަރު މޭޒެއް ވިއްކަނީ 3900ރ. އަށެވެ.

ނައިޓް މާކެޓު ކުރިން ބާއްވަމުން ގެންދިޔައީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގޯމީޑިއާއިންނެވެ. ނަމަވެސް މި އަހަރުގެ ނައިޓް މާކެޓު ބޭއްވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ދީފައިވަނީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އަށެވެ. އެ ޖަމިއްޔާއިން ވަނީ މި އަހަރު 450 މޭޒެއް ބެހެއްޓުމަށް ނިންމާފަ އެވެ.