އެމްއެމްއޭ

އެންމެ ކުރިއެރުން ދަށީ ކޮންސްޓްރަކްޝަން: އެމްއެމްއޭ

Oct 30, 2021

ކޮވިޑް-19 އިން އަރައި ގަނެ، ރާއްޖޭގެ ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބެމުން ދިޔަ ކުރިއެރުން އެންމެ ދަށްކޮށް ކުރިއެރުން އަންނަނީ ކޮންސްޓްރަކްޝަން ސިނާއަތް ކަމަށް މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކައިފި އެވެ

މި އަހަރު ތިންވަނަ ކުއާޓަރުގައި އިގްތިސޯދީ ކުރިއެރުން ހުރިވަރުގެ މައްޗަށް ބަލައި، ސެޕްޓެމްބަރު 13 އިން އޮކްޓޫބަރު 26 ގެ ނިޔަލަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހެދި ސާވޭގެ މައްޗަށް ނެރުނު ކުއާޓަލީ ބްލެޓިންގައިވާ ގޮތުން ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތް ތަކެއް ވެސް މިހާރު ވަނީ ހަލުވިކަމާއެކު ކުރިއަރަން ފަށާފަ އެވެ.

އެންމެ ބޮޑު 179 ވިޔަފާރިއަކަށް ސުވާލު ކަރުދާސް ފޮނުވައިގެން 110 ވިޔަފާރިން ހޯދި މައުލޫމާތުގެ މައްޗަށް ނެރުނު މި ސާވޭގައިވާ ގޮތުން އިމާރާތް ކުރުމުގެ ދާއިރާ ނޫން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވެސް ވަނީ އިތުުރުވެފަ އެވެ.

އެންމެ ބޮޑު ކުރިއެރުމެއް އައިކަމަށް ސާވޭއިން ދައްކަނީ ދަތުރުފަތުރުގެ ދާއިރާ އާއި ކޮމިއުނިކޭޝަން ސެކްޓާ އެވެ. އަދި ހުރިހާ ސިނާއަތްތަކެއްގެ ވެސް އަގުތައް ވަނީ މަތިވެގެން ގޮސްފަ އެވެ. ނަމަވެސް އިމާރާތް ކުރުމުގެ ސިނާއަތުގެ މާލީ ހާލަތު ވަނީ ނިމިދިޔަ ކުއާޓަރުގައި ވެސް ގޯސްވެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސެކްޓާ ކަމަށްވާ ޓޫރިޒަމް ސިނާއަތުގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ހަތަރު ވަނަ ކުއާޓަރުގައި ރިސޯޓުތަކަށް ލިބޭ އާމްދަނީ އާއި އަދި ރިސޯޓު ބުކިން ވެސް ބޮޑުތަނުން އިތުރު ވެގެންދާނެ އެވެ.

ސާވޭގެ ބައިވެރިން ބުނެފައިވާ ގޮތުގައި އިގްތިސޯދަށް ކުރިއެރުން ލިބެމުން ދިޔަނަމަވެސް ފައިނޭންސް ހޯދުމުގައި ގިނަ ދަތިތަކެއް އެބަހުއްޓެވެ.