އެޑްވަޓޯރިއަލް

ފަޅުވެރިން އަރުވާ ބާލަން އޮފްޝޯ ފްލޯޓިން ރިފައިނަރީއެއް ރާއްޖެއަށް

ސިންގަޕޫރުން މެކްސިކޯއަށް ދަތުރުކުރަމުންދާ އޮފްޝޯ ފްލޯޓިން ރިފައިނަރީ ބޯޓެއް މިއަދު ރާއްޖޭގައި މަޑުކޮށްފި އެވެ.

"އެފްޕީއެސްއޯ މިއާއެމްޓީއީ އެމްވީ34"ގެ ނަމުން ނަންދީފައިވާ އެ ބޯޓު ރިފައިނަރީއަކަށް ބަދަލުކޮށްފައި ވަނީ ސިންގަޕޫރުން ދަތުރު ފެށުމުގެ ކުރިން ނެވެ. އެހެންކަމުން އެ ބޯޓުގައި ސާފުނުކުރާ ތެޔޮ އެކި ބާވަތްތަކުގެ ތެލަަށް ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިގެންވެ އެވެ. ނަމަވެސް މިވަގުތު އެ ބޯޓުގައި އެއްވެސް ތެލެއް ނެތެވެ.

ދުއިސައްތަ ހަތްދިހަ ހަތަރު މީޓަރުގެ އެ ބޯޓު ރާއްޖޭގައި މަޑުކުރީ އެ ބޯޓަށް ފަޅުވެރިން އަރުވައި ބޭލުމުގެ ގޮތުން ކަމަށް އެ ބޯޓުގެ ލޯކަލް އެޖެންޓު ވިދާޅުވި އެވެ.

ބޯޓަށް ފަޅުވެރިން އެރުމުގެ ގޮތުން އެ ފަޅުވެރިން މީގެ މަހެއްހާ ދުވަސްކުރިން ތިބީ ރާއްޖެ އައިސްފަ އެވެ. އެގޮތުން ބޯޓަށް އަރަން 69 ކްރޫއިން ރާއްޖޭގައި މަޑުކޮށްގެން ތިބި އިރު އެ އުޅަނދުގައި ތިބި 16 ފަޅުވެރިން ވެސް މިއަދު ވަނީ ބޯޓުން ފައިބައިފަ އެވެ. އެ 16 ފަޅުވެރިން ރާއްޖެއިން ދެން ފުރާނީ ވައިގެ މަގުންނެވެ.

ފަޅުވެރިން ރާއްޖޭގައި މަޑުކުުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށް ލޯކަލް އެޖެންޓު ވިދާޅުވި އެވެ.

"ފަޅުވެރިން އެ ތިބީ ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގައި މަހެއްހާ ދުވަސްތަކެއް ވަންދެން. އެހެންވީމާ އޭގެ ފައިދާ އިގްތިސާދަށް ކުރާނެ ދޮއްތޯ" ލޯކަލް އެޖެންޓުގެ އިސް ބޭފުޅަކު އަވަސްއަށް ވިދާޅުވި އެވެ.

އެ ބޯޓު އަންނާތީ ރާއްޖޭގައި ފަޅުވެރިން މަޑުކުރިކުރުމުގައި އިމިގްރޭޝަނުންނާއި ކަސްޓަމްސް، ޓްރާންސްޕޯޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސްއިން ދިން ފުރިހަމަ އެއްބާރުލުން ލޯކަލް އެޖެންޓް ފާހަގަ ކުރައެވެ. ރާއްޖޭގެ ގަވައިދުތައް ބުނާގޮތުން އެ ގޮތަށް ފަޅުވެރިން މަޑުކުރެވޭނީ ހަތް ދުވަހަށެވެ. ނަމަވެސް ދުނިޔެ މިހާރު އޮތް ހާލަތާ ގުޅިގެން މެރިޓައިމް އިންޑަސްޓްރީއަށް ދިމާ ވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެ ފަޅުވެރިން ރާއްޖޭގައި މަޑުކުމުގެ މުއްދަތު އިތުކޮށްދިނެވެ.

"އަސްލު ޓެކްނިކަލް މައްސަލައަކާ ހުރެ ސިންގަޕޫރުން ރާއްޖެއައުން މަޑު ޖެހުނީ. ދެން ފާހަގަކޮށްލަން ބޭނުން ފަޅުވެރިންނަށް ރާއްޖޭގައި މަޑުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ގަވައިދު ބަދަލުކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ލިބޭ ފައިދާ ވަރަށް ބޮޑުވާނެ" ލޯކަލް އެޖެންޓުގެ އިސް ބޭފުޅަކު އަވަސްއަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފަހަރު އައި އުޅަނދާއެކު ކުރި ތަޖުރިބާއަކީ ވަރަށް މުހިންމު ތަޖުރިބާ އެކެވެ. އަދި މި ތަޖުރިބާގެ އަލީގައި ރާއްޖެއިން މެރިޓައިމް އިންޑަސްޓްރީގެ ގަވަައިދުތަަކަށް ބަދަލު ގެންނަން މި ދަނޑިވަޅު ވަރަށް މުހިންމުވެެ.

އެގޮތުން ބޯޓު ފަހަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެންމެ މުހިންމު މަސައްކަތްތެރިންގެ ތެރޭގައި ހިމަނައި އެފަދަ މުވައްޒަފުންނަކީ މަސައްކަތްތެރިންގެ ގޮތުގައި ބަލާ އައިއެމްއޯ ގައުމުތަކުގެ ލިސްޓުގައި ހިމެނުން ވަރަށް މުހިންމެވެ. އަދި އެގޮތަށް ގަވައިދު އިސްލާހު ކުރުމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އޭނާ ގޮވާލަ އެވެ.

މި ބަދަލާއެކު ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"އަޅުގަނޑުމެން މި އޮންނަނީ އިންޑިއާ ކަނޑުގެ މެދުގައި. އެހެންވީމާ މެރިޓައިމް އިންޑަސްޓްރީގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ" ރާއްޖެއައި އުޅަނދުގެ ލޯކަލް އެޖެންޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ބޯޓު ރާއްޖެއައީ މިއަދު ހެނދުނު އަށެއް ޖެހި އިރު އެވެ. އަދި ފުރާފައި ވަނީ މިއަދު ހަވީރު ހައެއް ޖެހިއިރު އެވެ.