މޫސުން

ތިން ދުވަހު މޫސުން ގޯސް ވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި ދެ ކޮޅިގަނޑެއް އެފެދިފައިވާ ކަމަށާއި އެ ދެ ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވައި ގަދަވެއް ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ތިން ދުވަހު ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރަން ވެސް މެޓުން ވަނީ އެދިފައި ވެއެވެ.

މިހާރު މި ކުރިއަށް ދަނީ ހުޅަނގުގެ ވިހާ ނަކަތެވެ. މި ދުވަސްވަރު އާންމުކޮށް އަވިދޭ އަދި ވާރޭ މަދުން ވެހޭ ނަކަތެކެވެ.