މީޑިއާނެޓް

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަންގައި އަގުހުރި އެތައް އިނާމުތަކެއް

Nov 10, 2021

"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި މީޑިއާނެޓުން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އަގުހުރި ޢިނާމުތަކެއް ހޯދުމުގެ ފުރުސަތު މުޅި ރާއްޖެ އަށް ވަނީ ހުޅުވައިލައިފަ އެވެ.

މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ނުވަތަ ފުލް ޕެކޭޖަށް މަހު ފީ ދެއްކުމަަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ މީހަކަށް އައިޕޯން 13 ޕްރޯ އެއް ލިބިގެންދާނެ ކަމަށް މީޑީއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ބުނީ ފެމިލީ ޕެކޭޖަށް ވުރެން މަތިން މަހު ފީ ދެއްކުމަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ މީހަކަށް ކޮންމެ މަހަކު 55 އިންޗީގެ ޓީވީއެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ދެ މަހަށް އެއްފަހަރާ މަހު ފީ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ މީހަކަށް ރިސޯޓު ދަތުރެއް ލިބޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަގައިފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެމްއެސް އެޕަށް ރަޖިސްޓްރީ ކުރާ ހުރިހާ މީހުންނަށް އެއް މަސް ދުވަހަށް ޗެނަލްތަކާއިއެކު ވީއޯޑީ ހިލޭ ލިބިގެންދާނެ އެވެ. އެމްއެސް ވީއޯޑީ މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން އެމްއެސްޓީވީ އަދި އެމްއެސް ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑްރޮއިޑް ޓީވީ، ސެމްސަންގް އަދި އެލްޖީ ޓީވީއިން ވެސް ބަލައިލެވޭނެ އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށެގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ އަހަރުގެ ޖެނުވަރީ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަންއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3320800 ގުޅުމުން ނުވަތަ މި ލިންކުން ލިބިގެންދާނެ އެވެ.