ހަބަރު

ހަތަރު މީހުންނާއެކު ޑިންގީއެއް ބަންޑުން ޖަހާލައިފި

Nov 12, 2021

ހަތަރު މީހުންނާއެކު ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

ބަންޑުން ޖަހާލާފައިވަނީ ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ކައިރިއަށް މަހަށް ނުކުމެ އުޅުނު ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލީ މޫސުން ގޯސްވެ ވިލާގަނޑެއްގައި ޖެހިގެންނެވެ.

ސިފަައިން ބުނީ މިހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބާ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 3:40 ހާއިރު އެވެ. ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ހިނގައިގެން އުޅޭކަން އެނގުނުއިރު އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ކަނޑުވެފައި ތިބި މީހުން ވަނީ ނަގާފައެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ލޯންޗްގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކްރާފްޓް ލޯންޗްގައި ތިބި ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗްގައި ތިބި ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ. އަދި އެނބުރި އެލޯންޗް އޮތް ސަރަހަށްދަށް ގޮސް ލޯންޗް ފުށުން ޖަހައި ކަފުޖަހައިގެން ގަލްފް ކްރާފްޓްގައި ނޮދަން އޭރިއާގެ ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗް ނޮޅިވަރަމަށް މިއަދު 17:15 ހާއިރު ގެންގޮސްދީފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.