ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 31 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 31 އަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި އަދިވެސް އޮތީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު 10 ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ގަން، ށ. ފީވަށް، ބ. ގޮއިދޫ، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޫ، މ. ދިއްގަރު، ނ. މިލަދޫ އަދި ކ. ހުރާ އެވެ.

މިމަހުގެ މިހާތަނަށް ބަންދުކޮށްފައި ވަނީ 15 ރަށެކެވެ. އެއީ މ. މުލި، ނ. މަނަދޫ، ށ. ގޮއިދޫ، ބ. ހިތާދޫ ތ. ތިމަރަފުށި، ރ. މަޑުއްވަރީ އަދި އެ އަތޮޅު މީދޫ އާއި އިންނަމާދޫ، ގއ. ކަދުހުޅުދޫ، ރ. އަލިފުށި، ދ. މީދޫ، ފ. ބިލައިދޫ، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ.

ރާއްޖެއިން އިއްޔެ 184 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 141 އެވެ.