ޔޫތު މިނިސްޓްރީ

ލާމަސީލު ޒުވާނާ ކޭމްޕް އިފްތިތާހުކޮށްފި

Nov 15, 2021
2

ޒިންމާދާރު ޒުވާނުން އުފައްދަން ކުރިއަށް ގެންދަން ނިންމި "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހު ކޮށްފިއެވެ.

މި ކޭމްޕް ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެން ނެވެ. މާލޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ކޭމްޕާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި ވެއެވެ.

އެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް ސޮއި ކުރެއްވިއިރު އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ގައުމިއްޔަތާއި އިސްލާމް ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުގުވެރި، މަސައްކަތުގެ އަހުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.