ޓެކްނޯލޮޖީ

ސަމާލުވޭ! ޕާސްވޯޑަކީ ކުޅޭކުޅޭ އެއްޗެއް ނޫން

އެކި އެކި ނަންނަމުގަ، އެކި މީހުންނަށް ގުޅައިގެން ރީލޯރޑާއި، ރާސްޓަސް ނުވަތަ އެތަކެއް ރުފިޔާއެއް ނަހަމަ ގޮތުގައި ނުހޯދާ ދުވަހެއް މިހާރު މަދުވާނެވެ. ކޮންމެވެސް ގުރުއަތަކުން އިނާމް ލިބިގެން އެ އިނާމް ރައްދު ކޮށްދިނުމަށް ނޫންނަމަ ހުސްނުވާ އާސަންދަ އިން ހުސްނުވެ ހުރި ބާކީ ބައި ހޯދުމަށް، ބޭންކުން ގުޅައިގެން ކޭސް ކާރޑްގެ ނަމްބަރ ރަނގަޅުތޯ ބަލަން އަދި ނުވިތާކަށް މިހާރުވަނީ އިންޓަނެޓްބޭންކިން، އަދި މޯބައިލް ބޭންކިންގެ އެހީތެރިކަންވެސް ފޯރު ކޮށްދޭން ފަށާފައެވެ. ބޭނުމަކީ މަކަރާއި ހީލަތުން ހަމަ ލާރި ހޯދުމެވެ.

ދިވެހިންނަކީ ޒަމާނީ ޓެކްނޮލަޖީ އަށް ކައިރި ޤައުމު ތަކަށްވުރެ އަވަހަށް ޙިޒުރަ ކުރާބައެކެވެ. ކޮންމެ ދިވެއްސެއް އަތުގަވެސް (ސުމާރޓް) ފޯނެއް މިހާރު އެބައޮތެވެ.

ދައްކަން ޖެހިފަ މިވަނީ ފޭސްބުކް، އީމެއިލް އަދި އިންޓަނެޓުން ލިބޭ އެކި އެކި ޙިދުމަތްތަކަށް (އޮންލައިން ވިޔަފާރި) ނުވަތަ ގެންގުޅޭ ފޯނު ހުޅުވަންވެސް ލިޔަން ފަސޭހަ ޕާސްވޯޑެއް ބޭނުކުރާ ވާހަކައެވެ.

މަސްޙޫރް އެންޓިވައިރަސް އުފައްދާ ކުންފުނި ކެސްޕާރސްކީގެ ފަރާތުން އިހަކަށްދުވަހު އާންމުކުރި ގޮތުގައި ކޮންމެ 7 މީހަކުން އެކަކު ހުރިހާ ކަމަކަށްވެސް ބޭނުން ކުރަނީ އެއް ޕާރސްވޯޑެކެވެ. ޒަމާނާއި އެކު ކޮންމެ މީހަކީވެސް ޕާސްވޯޑް ތަކަކާއި އެކު ދިރިއުޅެންޖެހިފަވާ މީހެކެވެ. ގެޔަށް ވަންނަ ދޮރު ހުޅުވުމަށްވެސް މިއަދު ޕާސްވޯރޑް ޖަހަން ޖެހޭ މީހުން މަދެއް ނޫނެވެ.
ރަށުގަ ހުރި ހަލީމަ ދައިތަ ވެސް ކޭސް ކަރޑުން ލާރި ނަގަނީ ޕިން ނަމްބަރެއް ޖަހައިގެންޏެވެ. އެއްބަޔަކު ޕިން ނަމްބަރ ކިޔަސް އަނެއް ބަޔަކު ޕާރސްވޯޑް ކިޔަސް މި ކުރެވެނީ ހަމަ އެއްކަމެވެ.

ކެސްޕާރސްކީގެ ހޯދުން ތަކުން ދައްކާ ގޮތުގައި 12 ޕަސެންޓް މީހުން ނަކީ އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި ހަމަ ވަރަށްވެސް ފަސޭހަ ޕާރސްވޯޑް ނުވަތަ ޕިން ނަމްބަރ ޖަހާ ބަައެކެވެ. އެގޮތުން އަކުރު ތަކާއި އެކު ނަމްބަރ ނުވަތަ އެއްވެސް ސައިން ކީއެއް ބޭނުން ނުކުރާ މީހުންޏެވެ. އަދި 57 ޕަސެންޓް މީހުންނަކީ އެމީހުން ބޭނުން ކުރާ ޕާސްވޯޑާއި ޕިން ނަމްބަރ ފޯނުގަ ނުވަތަ ކަރުދާސް ކޮޅެއްގަ ލިޔެގެން ގެންއުޅޭ މީހުންނެވެ.

އެހެން ކަމުން ވައްކަމުގެ، ވައްޓަފާޅި ބަދަލްވެފަވާ (ސުމާޓް) ވަގުން އެދަނީ ކޮންމެ ދުވަހަކުވެސް (އީ ސުޓައިލް) އަށް ވައްކަން ކުރަމުންޏެވެ.

ސަބަބަކީ ބައެއް މީހުންނަށް ވެބްސައިޓް ހުރިގޮތަށް ނަކަލްކޮށް އެހެން ނަމެއްގަ ހޯސްޓްކޮށްގެން މީހުންގެ ޒާތީ މައުލޫމާތާއި ސިއްރު ޕާސްވޯޑްތައް ހޯދާކަން އަދިވެސް ރެއަކާ ނުލުމެވެ.

ފޭސްބުކްގެ އަސްލު ސިފައަށް މުޅި ސޮފްހާ އިންގޮތަކަށް ނަކަލް ކޮށްލައިގެން ޕާސްވޯރޑް އަދި ނަމާއި އެހެނިހެން މައުލޫމާތު އަޅުން ލިޔަން ބުނުމާއި އެކު ރަނގަޅަށް މިވާގޮތެއް ބަލާނުލައި ހުރިހާ މައުލޫމާތެއް ލިޔަމުންދާއިރު އިންޓަނެޓް ބޭންކިންގ ބޭނުން ކުރުމަށް ޖެހި ނަމާއި ޕާސްވޯރޑްވެސް އަލުން ޖެހުމަށް ހަމަ ބޭންކޮ އޮފް މޯލްޑިވްސްގެ ނަކަލެއް މިހާރުވެސް އެދަނީ ބޭނުން ކުރަމުންޏެވެ. އެހެން ކަމުން ހުރިހާ ކަމަކަށް އެއް ޕާސްވޯޑެއް ބޭނުން ކުރާ މީހުންގެ ހުރިހާ ފައިސާ އަކާއި ދުނިޔެއަށް ފޮރުވާފަ ހުރި ހުރިހާ ސިއްރެއް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ގެއްލިގެން ދިއުމަކީ ވަރަށްވެސް ކައިރި ކަމެކެވެ.

ހުރިހާ ކަމަކަށް އެއް ޕާސްވޯރޑެއް ބޭނުން ކުރާނަމަ އަވަހަށް އެކަން ހުއްޓާލާށެވެ. ވިޔަފާރިއާއި ސިއްރުތައް ހިފެހެއްޓުމަށް ޖަހާ ޕާސްވޯރޑަކީ ދެވަނަ ފަރާތަކަށް ލިޔަން، ނުވަތަ ފަސޭހައިން ޖަހާލެވޭނެ އެއްޗެއް ކަމުގައި ނަހަދާށެވެ. ވީހާވެސް ވަރުގަދަ (ދެވަނަ ފަރާތަަކަށް) ހޯދުމަށް އުންދަގޫ ޕާސްވޯޑެއް ކަމުގައި އަވަހަށް ހަދާށެވެ. އަތުގަ އޮތް ސުމާޓްފޯނެކޭ އެއްފަދައިން މީހާވެސް ސުމާޓްވާންވީ ވަގުތު މިވަނީ ޖެހިފައެވެ. އެހެން ގޮތެއް ދެންނެތެވެ.