އައްޑޫ ސިޓީ

އައްޑޫ އިން ގެއްލުންވި އާއިލާތަކަށް ފައިސާގެ އެހީ ދީ ނިންމައިފި

އައްޑޫއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ދޭން ހަމަޖެއްސި ފައިސާގެ އެހީ ބަހާ ނިމިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން ބުނީ ފައިސާގެ އެހީ ދީފައި ވަނީ އެ ރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސްޓިއަރިން ކޮމިޓީ އިން އެ ރަށަށް ޒިޔާރަތް ކޮށް ބެލުމަށް ފަހުގައި ކަމަށެވެ. ކަނޑައަޅާފައިވާ އެސެސްމެންޓް ޓީމްތަކުން ފެން ބޮޑުވި ގެތަކަށް ޒިޔާރަތް ކުރުމަށްފަހު ފަހު ގޭގެއަށް ލިބުނު ގެއްލުންތަކުގެ ކުޑަ ބޮޑު މިނަށް ބަލައި އިނާޔަތް ދިން ކަމަސް ކޮމިޓީ އިން ބުންޏެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ އައްޑޫގެ ފޭދޫ އާއި މަރަދޫ ފޭދޫ އަށެެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުން އައްޑުއަށް ވަޑައިގެންނެވި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން"އަވަސް" އަށް ވިދާޅުވީ 10،000ރ. އަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައި ހުރި ގެއެއް ނަމަ ޖުމްލަ ގެއްލުމުގެ 75 ޕަސެންޓް ދޭނެ ކަމަށެވެ. އަދި 20،000ރ. އަށް ދަށްވެއްޖެ ނަމަ ދޭނީ، 50 ޕަސެންޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މީގެ ކުރިން ވިދާޅުވީ އެންމެ ބޮޑެތި ގެއްލުންތައް ވީ 50 އަކަށް ގެއަށް ކަމަށެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އައްޑުއަށް ލިބުނު ގެއްލުންތަކުގެ އަދަދު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.ވިއްސާރައިގައި ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނެވެ.