މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތަކަށް ކުޑަކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

Nov 21, 2021

މާލޭގެ މިސްކިތަކަށް ކުޑަކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކުރީ މިސްކިތުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ.

ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ ދިވެއްސެއް ވެސް މިދިޔަ މަހު ހައްޔަރުކޮށްފައިވެ އެވެ.

އުމުރުން 40 އަހަރުގެ އެމީހާގެ ތަހުގީގު ނިންމުމަށްފަހު ބަންދުން ދޫކޮށްލުމުން، ފަހުން ވަނީ އިބްރާހިމީ މިސްކިތުގައި އޮތް ހަތިމަކަށް ރަތްކުޅު ޖަހާފަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރި ގޮތަށް އަދި ދޫކޮށްލާފައެއް ނުވެ އެވެ.