މަސްތުވާތަކެތި

18 ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

Nov 23, 2021
1

ރާއްޖެ އަށް ވައިގެ މަގުން އައި ބްރެޒިލް މީހެއްގެ އަތުން 18 ކިލޯގެ މަސްތުވާތަކެތީގެ އަތުލައިގެންފި އެވެ.

މިމަހުގެ ދެވަނަ ދުވަހު މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ އުމުރުން 28 އަހަރުގެ ބްރެޒިލްގެ ފިރިހެނެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ އިދާރާގެ އޮފިސަރުންނަށް އޭނާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނުނީ ލަގެޖު ތެރެއިން ކަމަށެވެ.

އެތަކެތި ޓެސްޓް ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 18.857 ކިލޯ ގުރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހާއާއި އެމީހާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.