މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޕްރިންސިޕަލުން ތަމްރީންކުރަން 20 ސްކޮލާޝިޕް ދެނީ

Nov 23, 2021

އެޑިޔުކޭޝަން މިނިސްޓްރީން ހަރަދުކުރާ ގޮތަށް ޕްރިންސިޕަލުން ތަމްރީނު ކުރުމަށް 20 ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސްކޮލާޝިޕަށް ހޮވޭ މީހުންގެ ކިޔެވުމަށްދާ ހަރަދާއި، މުސާރައާއި އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖައްސާފައިވެ އެވެ. ސަރުކާރުން ކަނޑައަޅައި ސްކޫލެއްގައި އެ މީހުން ވަކި މުއްދަތަކަށް ހިދުމަތް ކުރަންޖެހޭ ގޮތަށް ބޮންޑުކުރަން ނިންމާފައިވެ އެވެ.

ސްކޮލާޝިޕް ލިބޭ ބޭފުޅުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.

ސްކޮލަޝިޕަށް ކުރިމަތިލެވޭ ޝަރުތުތައް

  • ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
  • އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއް ކަމުގައި ނުވުން.

ސްކޮލާޝިޕަށް ހޮވޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ވަކި ދާއިރާ ތަކަކުން މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ މީހުން ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ތަޖުރިބާއަށް 30 ޕަސަންޓާއި އިންޓަވިއުގައި ހުށަހަޅާ ޕްރެޒެންޓޭޝަނަށް 30 ޕަސަންޓުގެ އތުރުން އިންޓަރވިއު އަށް 40 ޕަސަންޓެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.