ރައްޔިތުންގެ މަޖިލިސް

މުހިންމު ފަސް ބިލެއް މަޖިލީހުގެ މި ދައުރުގައި ނިންމަނީ

ރައްޔިތުންވެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ފަސް ބިލެއް މި ދައުރު ނިމުމުގެ ކުރިން ނިންމަން މަަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ މި ދައުރު އަންނަ ހޯމަ ދުވަހު ނިންމަން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް މުހިންމު ބައެއް ބިލުތައް ނިންމުމުގެ ގޮތުން އަންނަ އަންގާރަ ދުވަހާ ހަމައަށް މަޖިލިސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށެވެ.

މި ދައުރު ނިންމަން އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ބިލެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ މަދަނީ އިޖުރާތުގެ ބިލެވެ. އެމަނިކުފާނު ވިދާޅުވީ މި ބިލަކީ ލާމަރުކަޒީ ގާނޫނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި މަސްވެރިކަމުގެ ގާނޫނާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގާނޫނު ފަދަ ބޮޑު މުހިންމު ބޮޑު ބިލެއް ކަމަށެވެ. އަދި މި ދައުރު ނިންމުމުގެ ކުރިން އެ ބިލުގެ މަސައްކަތް ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލުގައި 350 އަށް ވުރެ ގިނަ މާއްދާ ހިމެނޭ އިރު އެ ބިލު ލަސްވަނީ ސަރުކާރާ ހެދި ކަމަށް ބުނެ އެ ބިލު ދިރާސާކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން މި އަހަރު ކުރީ ކޮޅު ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވެސް ވިދާޅުވި އެވެ.

މި ދައުރުގައި ނިންމަން އަމާޒު ހިފި އެހެން މުހިންމު ބިލުތަކުގެ ތެރޭގައި އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ

ގެ ގޮތުގައި، މަޖިލިސް ރައީސް ފާހަގަ ކުރެއްވި ބިލު ތަކުގެ ތެރޭގައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނަށް ގެނެވޭ ދެ އިސްލާހުގެ ބިލާއި އެއްމެދު އިމާރާތާ ގުޅޭ ބިލާއި، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލާ މެދުވެސް މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ހުރިހާ މަސައްކަތެއް ނިންމުން." ރައީސް ނަޝީދު ވިދާޅުވި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ މަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރު މަޖިލީހުގެ ފުރަތަަމަ ދައުރު ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.