މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ފޯރަމް މާދާމާ ފަށަނީ

Nov 24, 2021

ބްރޯޑްކޮމް އިން ބާއްވާ ބްރޯޑްކާސްޓިން ފޯރަމް މާދާމާ ފެށުމަށް ނިންމައިފި އެވެ.

މި ފޯރަމަކީ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް މަގުފަހިކުުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދައުވަތު ދީގެން ކޮމިޝަނުން ބާއްވާ ފޯރަމެކެވެ.

ފޯރަމުގެ މަގުސަދުތައް

  • ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުން
  • މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަން އޮޅުން ފިލުވުން
  • ބްރޯޑްކާސްޓިން ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކުރުން
  • ބްރޯޑްކޮމް އިން ކުރިއަށް އޮތް އަހަރު ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މައުލޫމާތު ބްރޯޑްކާސްޓަރުންގެ ފަރާތުން ހޯދުން

މީގެއިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް -- ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑު އިސްލާހު ކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ހިޔާލު ހޯދުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަން 2011 ވަނަ އަހަރު އުފެއްދި ފަހުން ބްރޯޑްކާސްޓް ކުރުމަށް 52 ލައިސަންސް ދޫކޮށްފައިވެ އެވެ. އެއީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ހިންގުމަށް ދޫކޮށްފައިވާ ލައިސަންސެވެ.