ހަބަރު

މާލޭގެ ހުރިހާ ސްކޫލެއް އަނެއްކާވެސް ދެދަންފަޅިއަށް ބަދަލުކޮށްފި

މާލޭގައި މިހާރު ކިޔަވައިދެމުންދާ ހުރިހާ ސްކޫލެއް އަންނަ އަހަރުން ފެށިގެން ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފި އެވެ.

މިކަމާއި ގުޅިގެން ސްކޫލްތަކުން ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭގޮތަށް ސްކޫލްތައް ބަދަލުކުރަން ޖެހުނީ ސްކޫލްތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވާތީކަމަށެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ސްކޫލްތައް ދެ ދަންފަޅިއަށް ބަދަލުކޮށް ބަދަލުކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އަންނަ އަހަރަށް އަތޮޅުތެރެއިން އެކި ގުރޭޑްތަކަށް 900 އަށް ވުރެ ގިނަ ދަރިވަރުންނަށް މާލެ، ހުޅުމާލެ، ވިލިމާލެ ސްކޫލުތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ. މިއަހަރު ތެރޭގައި އެއް ދަންފަޅިއަށް ކިޔަވައިދިން މާލޭގެ ސްކޫލުތަކަކީ އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލެވެ.