ޖޭއެސްސީ

ފަސް ޖުޑިޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަނީ

Nov 28, 2021
2

ފަސް ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި އިސް މެޖިސްޓްރޭޓުން ހޯދާ ޖުޑިޝަލް ދާއިރާތަކަކީ ހއ. އާއި ށ. އާއި ނ. އާއި ބ. އަދި ވ. އަތޮޅުގެ ޖުޑިޝަލް ދާއިރާ އެވެ.

މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އެ ބޭފުޅަކު ކުރިމަތިލައްވާ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާ ކުރަމުން ގެންދާ ބޭފުޅަކަށް ވާންޖެހެ އެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

ޖޭއެސްސީން ބުނީ ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބޭފުޅުން ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.

މުސާރަ އާއި އިނާޔަތްތައް

  • އަސާސީ މުސާރަ - 23,150 ރުފިޔާ
  • ލިވިން އެލަވަންސް - 4،000 ރުފިޔާ
  • ރިސްކް އެލަވަންސް - 800 ރުފިޔާ

ފަނޑިޔާރުންގެ ގާނޫނު ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މި މަގާމަށް ހެލްތު އިންޝުއަރެންސް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.