ހަބަރު

ސައިކަލެއް ވަގަށް ނަައިގެން ކައުންސިލަރަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނަގައި އެސައިކަލް ދުއްވި މައްސަލައިގައި ލ. ގަމު ކައުންސިލަރެއް ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވާ ކައުންސިލް މެމްބަރަކީ ގަމު ކައުންސިލަރު އަބުދުﷲ ގާސިމެވެ.

ފުލުހުން ބުނީ ކޯޓު އަމުރެެއްގެ ދަށުން އިއްޔެ ހަވީރު ގަމުން 48 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން މިހާރުދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.