ސްކޫލް

ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ބީލަމަށް

ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިިދޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޏ. އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތާއ ހދ. ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލްއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަން ޖެހެ އެވެ. އެގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރީގެ ގޮތުގައި 60،000 އަދި ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް 40,000 ރުފިޔާ ބަހައްޓަނެ ޖެހެއެވެ.

މި ދެ ޕްރޮޖެކްޓުގެ ބީލަން ހުޅުވުން އޮންނާނީ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ސްކޫލުތަކުގައި އިތުރު އިމާރާތްތައް ހެދުން ފަދަ ކަންކަން ކުރިއަށް ގެންދަނީ ޕީއެސްއަިޕީ ބެޖެޓުން ނެވެ.

އަންނަ އަހަރު ތައުލީމާ ގުޅޭ ވަސީލަތްތައް ތަަރައްގީކުރަން 253 މިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.