ހަބަރު

ގައުމީ ދުވަހުގެ ހަރަކާތްތަކަށް ރައީސް އުތީމަށް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ރައީސް އަބުދުﷲ ޔާމީން ހއ. އުތީމަށް ވަޑައިގަންނަވާގޮތަށް ނިންމަވައިފި އެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެރަށުގައި ބާއްވާ ރަސްމީ ޖަލްސާއަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ އިސްފަރާތްތަކާއި މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އަށްފަހު ރައީސް އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ގައުމީ ދުވަހުގެ ހަރަކާތްތައް ގައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އުތީމުގެ ވަރަށް ބޮޑަށް ވަނީ ޒީނަތްތެރިކޮށް އަންނަނީ އިތުރަށް ތައްޔާރީތައް ވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު މުއައްސަސާތަކުގައި ކުލަލާ ފާރުތައްވެސް ވަނީ ޒީނަތްތެރިކޮށްފަ އެވެ.

ޝުޖާއު ވިދާޅުވީ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއްގެ އިތުރުން ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަޝްހޫރު ފަންނާނުން ބައިވެރިވާ މިޔުޒިކް ޝޯތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުޑަ އިއްބެ، ރާފިޔަތު އަދި ރިޒޫ އެ ރަށަށް ދާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.