ރައްޔިތުންގެ މަޖިލިސް

މަދަނީ އިޖުރާތުގެ ބިލު ފާސްކޮށްފި

އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި މަދަނީ އިޖުރާތުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މަދަނީ އިޖުރާތުގެ ބިލު ފާސްކުރީ އެ ބިލު ހުށަހެޅިތާ ދެ އަހަރު ވާން ކައިރިވި ފަހުން ނެވެ. އެ ބިލު ލަސްވީ ސަރުކާރުން ބިލު އެއްކޮށް ނުފޮނުވާ ބައިބަޔަށް ފޮނުވުމުން ކަަމަށް އެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ކުރިން ބުނެފައި ވެއެވެ.

ޖުމްލަ 429 މާއްދާ ހިމެނޭ މި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 53 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިއަދު ފާސްކުރި ބިލުގައި ހިމެނޭ ބައެއް މާއްދާތައް

  • ޝަރީއަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި ބާރުތައް އަދި ކޯޓުތަކުގެ އިޚްތިސާސްތައް
  • މަދަނީ މައްސަލަތަކުގައި ދައުވާ ކުރެވޭނެ މުއްދަތުތައް.
  • މަދަނީ މައްސަލައެއްގައި ހިމެނޭ ހަސްމުންނާ ގުޅުންހުރި މާއްދާތައް.
  • ދައުވާކުރުމާއި ދައުވާއާ ގުޅޭ އާންމު އުސޫލުތައް.
  • ހާއްސަ ބާވަތްތަކުގެ ދައުވާއާއި އިހުތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ ހާއްސަ އިޖުރާއަތްތައް.
  • ހެއްކާ ގުޅޭ އުސޫލުތައް
  • ކުއްދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތަކުގެ އަމަލުކުރާނެ އުސޫލު

ބިލުގައި ބުނެފައިވާ ގޮތުގައި ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމަ ފަރާތަކަށް މަދަނީ މައްސަލައެއް ގެ
ހަސްމަކަށް ވެވިދާނެ އެވެ. އެހެން އޮތްނަމަވެސް، އެއްވެސް ފަރާތަކަށް މަދަނީ ދައުވާއެއްް އުފުލޭނީ އެ މައްސަލައިގައި އެ ފަރާތުގެ އެކަށީގެންވާ މަސްލަހަތެއް އޮވެގެން ކަމަށް ބުނެފައި ވެއެެވެ.

ބިލުގައި ހިމެނޭ މުހިންމު ކަންތައްތައް

އެހެން ގާނޫނެއްގައި އެހެން ގޮތަަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އާންމު އުސޫލުން ޝަރީއަތުގެ ހަރަދު ދައުވާ ކާމިޔާބު ކުރި ފަރާތައް، ކާމިޔާބު ނުވި ފަރާތުގެ ކިބައިން ނަގައިދެވިދާނެ
މަދަނީ މައްސަލައެއްގެ ޝަ ރީޢަތުގެ އަޑުއެހުންތައް ނިމުމ އެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމްކުރަން ޖެހޭނެ.