ރައްޔިތުންގެ މަޖިލިސް

ޣައިރު ހާޒިރުގައި ހުކުމްކުރި ބައެއް މީހުން މިނިވަން ކުރަނީ

އެކިއެކި މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ޣައިރު ހާޒިރުގައި ހުކުމް ކުރުމަށްފަހު އެ ހުކުމް ތަންފީޒު ކުރުމަށް ހަވާލުކޮށްފައި ނުވާ މީހުން މިނިވަންކުރަން މަަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ޣައިރު ހާޒިރުގައި ހުކުމްކޮށް، ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލުނުކުރެވުމުގެ ސަބަބުން ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ މައްސަލަ ބަލައި ދިރާސާކޮށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އެގޮތަށް ނިންމާފައިވާތީ އެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ.

މަޖިލީހުން މިއަދު ފާސްކުރީ ޣައިރު ހާޒިރުގައި ހުކުމް ކޮށް ހުކުމް ތަންފީޒުނުކުރާ ފަރާތްތަކުގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުން މިނިވަންކުރަން މަަސައްކަތް ފެށުމަށެވެ.

އެގޮތުން އެފަދަ މީހަކު އަލުން ފެނުނަސް މައްސަލަތަކުގެ ބާވަތް ތަކަށާއި، އަދަބުގެ ކުޑަބޮޑު މިނަށާއި، އެ ޙުކުމް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރަށް ރިއާޔަތްކުރުމަަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން އެ ހުކުމް އަލުން ތަންފީޒު ކުރުމަކީ މުޖުތަމައުގެ މަސްލަަހަތުގައި އެހާ ހަމަޖެހޭ ނުވަތަ އިންސާފުވެރި ގޮތެއް ނޫންކަމަށް ބެލެވޭ މައްސަލަތަކަށް ވެސް ރިއާޔަތް ކުރުމަ ށެވެ.

އެހެންކަމުން އެފަދަ މީހުންގެ ހުކުމް ތަންފީޒުނުކޮށް އެ މީހުން މިނިވަންކުރުމަށް ގާނޫނީ އަވަސް ހައްލެއް ހޯދުމަށް އެޓާނީ ޖެނެރަލް އޮފީހުގައި އެދެން މިއަދު ފާސްކުރި އެވެ.

މަޖިލީހުން ފާސްކުރި އިތުުރު ނިންމުން

ޣައިރު ޙާޟިރުގައި ޖިނާއީ ޙުކުމްކޮށް، އެ އަދަބު ތަންފީޒު ކުރުމަށް ހަވާލު ކޮށްފައި ނުވާ 422 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މައްސަލައަށް ހަމަޖެހޭ އުސޫލަކުން އަވަސް ހައްލެއް ހޯދުމަށް އެޓާނީ ޖެނެރަލް އިސްނަންގަވައި މަސައްކަތްކުރެއްވުމަށް އެ އޮފީހަށް އަންގަން