ރިޒާވް

ޖުމްލަ ރިޒާވަށް ހަތް ޕަސެންޓުގެ ތިރިވުމެއް

Dec 4, 2021
2

މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާނަމަ އޮކްޓޫބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވް ހަތް ޕަސެންޓް ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގެ ނޮވެމްބަރު މަހުގެ ނަމްބަރުގައިވާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވްގައި މިހާރު ހުރީ 947.6 މިލިއަން ޑޮލަރެވެ. މި އަދަދަށް ރިޒާވް ތިރިވީ ސެޕްޓެމްބަރު މަހު ރިޒާވް އެއް ބިލިއަން ޑޮލަރަށް އުފުލުމަށް ފަހު އެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލީއްޔާއަށް ޖަމާވުމެވެ.

ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ. ނަމަވެސް މި ރިޒާވްގެ ހިސާބުތައް މިހާރު އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ. މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.