އެމްޑަބްލިއުއެސްސީ

ގޮއިދޫ ފެނުގެ މަޝްރޫއު އިފްތިތާހުކޮށްފި

Dec 4, 2021

ށ.ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމްް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެެހެނިހެން ތަކެތި ގޮއިދޫއަށް ފޮނުވައި ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިއެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ. ގޮއިދޫ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ 66 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މި މަސައްކަތުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެއެވެ.

މި މަސައްކަތުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ހަތަރު ޕަންޕިންގް ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ. މި މަސައްކަތުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރިކޮށްދިނުމަށް ހަމަޖެހިފައި ވާ ކަމަށް އެމްޓީީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތަކީ 86.05 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.