ހަބަރު

އަދީބު ފުލުހުންނަށް ރިޝްވަތު ދިން މައްސަލަ ޕީޖީއަށް ފޮނުވައިފި

Dec 10, 2015

ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ދިރާސާ ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ފުލުހުން ތުހުމަތުކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯދުމަށް އަދީބު ފުލުހުންގެ ދެ އިންޓެލް އޮފިސަރަކަށް ރިޝްވަތު ދިން މައްސަލަ އެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދިން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީހެ ހިޔާނާތުގެ މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި މީގެ އިތުރަށް އަދީބުގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި ވެސް އަންނަނީ ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް ކުރަމުންނެވެ.