މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Dec 8, 2021

ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފިލައިގެން އުޅޭ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ ޖަހައި ހޯދަން އިއުލާންކޮށްފައިވަނީ ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް (19އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ރިކްޒު އަކީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ހޯދަމުންދާ މީހެކެވެ.

ފުލުހުން ބުނީ ރިކްޒު އުޅޭ ވަކި ތަނެއް އޭނާގެ އާއިލާއަށް ވެސް އެނގިފައި ނުވާ ކަމަށެވެ. އެހެންވެ އޭނާ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 ޖަހާއިރު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ އޭނާއަށް އާންމުކޮށް އަންގާފަ އެވެ.