މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

Dec 8, 2021

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ހޯދަމުންދަނީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ.

މީހާގެ މައުލޫމާތު ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އަލީ އިސްމާއީލާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށްވެސް އެދިފަ އެވެ.