އެލައިޑް އިންޝުއަރެންސް

މެރިން އެކްސްޕޯގައި އެލައިޑް ބައިވެރިވެއްޖެ

Dec 9, 2021

މޯލްޑިވްސް މެރިން އެކްސްޕޯ 2021ގައި އެގްޒިބިޓަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވެއްޖެ އެވެ.

އެލައިޑް އިންޝުއަރެންސް އިން މައުލޫމާތު ދިން ގޮތުގައި މި އެކްސްޕޯގައި އެ ކޯޕަރޭޝަންގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ތިން ނަސީބުވެރިޔަކު ހޮވާނެ ކަމަށެވެ.

ނަސީބުވެރިންނަށް އެލައިޑް އިންޝުއަރެންސްގެ ހަލް ޕްރިމިއަމް ޑިސްކައުންޓް ވައުޗާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެކްސްޕޯ ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ރޭގަނޑު 10:00ގެ ނިޔަލަށެވެ.