މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީން މިފަހަރު ތ އަތޮޅަށް

Dec 9, 2021
1

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރާ ދެވަނަ ދަތުރުގައި ތ. އަތޮޅަށް ފުރައިފިއެވެ. މި ދަތުރުގައި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން ޕާޓީގެ ލީޑަރޝިޕާއި އެގްޒެކެޓިވް ކައުންސިލް އަދި އެޑްވައިޒަރީ ކައުންސިލްގެ މެންބަރުން ބައިވެރިވެއެވެ.

މިއަދުން ފެށިގެން މިމަހުގެ 11 ގެ ނިޔަލަށް ކުރާ ދެ ދުވަހުގެ މި ދަތުރުގައި އެމްއެންޕީގެ ޓީމުން ތ. ތިމަރަފުށީގެ އިތުރުން އެއަތޮޅު ވަންދޫ އާއި އޮމަދޫ އަދި ވޭމަންޑޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ރަށުގެ މުހިއްމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރިގޮތް އޮޅުންފިލުވާ މަޝްވަރާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެރަށްރަށުގެ ކައުސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތަކުރާ ކޮމެޓީތަކާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޕީގެ ޓީމުން މިދިޔަ ހަފްތާގައި ވަނީ ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް އެރަށްރަށުގެ ބައެއް ކަންކަމުގެ ހާލަތު ވަޒަން ކޮށްފައެވެ.