ހަބަރު

"ކޮޕް"ގައި ރާއްޖޭގެ ގޮވާލުން: ފިނިހޫނުމިން 1.5 ޑިގްރީގައި ހިފަަހައްޓައި

ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ އަށް މަތިވިތަ ނުދީ ބެލެހެއްޓުމަށް ދުނިޔޭގެ ގައުމުތަކަށް ބާރުއަޅުއްވަމުންދާ ކަމަށް އެންވާރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެއޯސިސް އަށް 25 އަހަރު ފުރުމުގެ މުނާސަބަަތުގައި ޕެރިހުގައި ބޭއްވި ރަސްމިއްޔާތެއްގައި ތޯރިޤް ވިދާޅުވީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ގައުމުތަކަށް ގިނަ ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ. ތޯރިޤް ވިދާޅުވީ އެއޯސިސް އިން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނާއި ދެމެހެއްޓެނެވި ތަރައްގީ އާ ބެހޭ ގޮތުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއި ދެމެހެއްޓެނެވި ތަރައްގީގެ ވާހަކަ ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނަށް އެއޯސިސް އިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ 26 އަހަރު ކުރިން މާލޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އެއޯސިސްގެ މިހާރުގެ ދައުރަކަށްވާންވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ކަންކަން ތަންފީޒުކުރުމާއި ޖަވާބުދާރީކުރުވުމެވެ.