ހަބަރު

ޓްރެވަލް އެވޯޑްސް ހަފްލާއަށް ޓްއަރިޒަމް މިނިސްޓަރު މޮރޮކޯ އަށް

ވޯލްޑް ޓްރެވަލް އެވޯޑްސް 2015ގައި ބައިވެރިވެވަޑައިގަތުމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ މޮރޮކޯއަށް ފުރާވަޑައިގެންފި އެވެ.

ޒަމީރުގެ މިދަތުރުފުޅުގައި ވޯލްޑް ޓްރެވަލް އެވޯޑް ހަފްލާގައި ބައިވެރިވަޑައިގަތުމުގެ އިތުރުން އަންނަ އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެ އެވެ. އަދި މި އެވޯޑް ހަފްލާ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރު މަސައްކަތް ކުރައްވާނެކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެ އެވެ.

މި އެވޯޑް ހަފްލާގައި ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ފަރާތްތަކާއި ބޮޑެތި ޓްރެވަލް އެޖެންސީތައް އަދި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ބައިވެރިވާނެ އެވެ. ޓޫރިޒަމްގެ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރިމި އެވޯޑަށް އެކި ކެޓަގަރީތަކުން ރާއްޖޭގެ ރިސޯޓްތައް ވެސް ވަނީ ނޮމިނޭޓްވެފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2015 ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.