ޖޭއެސްސީ

ދ. މީދޫ ގާޒީގެ އަލީ ޝަފީގުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

Dec 12, 2021

ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ޝަފީގުގެ ސުލޫކީ މައްސަލަ ކުރިއަށް ނުގެންދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އިސް މެޖިސްޓްރޭޓް އަލީ ޝަފީގު، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލުވި ކަމަށް ބުނާ ދެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅި އެވެ.

ކޮމިޝަނުން ވަނީ އެ ދެ މައްސަލައާ ގުޅޭ ކަމާ ގުޅޭ ލިޔުންތައް ހޯދައިި މައްސަލަތަ ތަހުގީގުކޮށްފަ އެވެ.

ޖޭއެސްސީން ބުނީ އަލީ ޝަފީގުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީ ލިބިފައިވާ ލިޔުންތަކާއި ސިއްހީ ހާލަތު ބަޔާންކޮށް އަލީ ޝަފީގު ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެހެންވެ އެ ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށްވެސް ބުނެފައިވެ އެވެ.