overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އަހުމަދު ޝަރީފް އާދަމް

އިންތިހާބުގެ މައްސަލަ ބެލުމަށް ޝަރީފް ހައްޔަރުކުރަން ގޮވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އާދަމް ހައްޔަރުކޮށް އޭނާގެ މައްސަލަ ބަަލަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަދުރޭ މިކަމަށް ގޮވާލެއްވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ފުލުހުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓަކާ ގުޅިގެން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުމާއި ވޯޓު ގުނުން ފަދަ މަރުހަލާތަކުގައި 54 މައްސަލައެއް ފާހަގަކޮށް ފުލުހުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓް މިހާރު ވަނީ ލީކުވެފަ އެެވެ.

އަދުރޭ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބް ވަގަށް ނަގައިފައިވާ ކަމަށާއި އެކަން ކުރީ އިންޑިއާއިން ކަމަށެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އިންތިހާބް ކާމިޔާބު ކުރެވުނީ އިންޑިއާއިން ހުޅުވައިދިން ކުޑަކުޑަ ދޮރަކުން ކަމަށް ވިދާޅުވި ވިދާޅުވުމުން ވެސް އެކަން ސާފުވާ ކަމަށެވެ.

އަދުރޭ ތުުހުމަތުކުރެއްވި ގޮތުގައި އިންޑިއާއިން އިންތިހާބު ވަގަށް ނަގައިދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ޝަރީފް އެެވެ. އަދި ލީކުވެފައިވާ ރިޕޯޓުން ވެސް އެކަން އެނގޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޝަރީފް ވަގުތުން ވަގުތަށް ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހުގީގުކުރަން އަދުރޭ ގޮވާލެއްވި އެވެ.

އަދުރޭ ވިދާޅުވީ ޝަރީފްގެ މައްސަލަ މީގެ ކުރިންވެސް ފުލުހަށް ހުށަހެޅި ކަމަށާއި އަދި އިލެކްޝަންސް އިން ވޯޓު ކަރުދާސްތައް ނައްތާލީ ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އޮއްވާ ކަމަށެވެ.

"[މި ކަރުދާސްތައް] ނައްތާލި ނައްތާލުމުން ދޭހަވެގެން ދަނީ މި އިންތިހާބުގެ ކަންތައްތަކުގައި އޮޅުވާލުންތަކެއް ގެންގުޅެފަ ހުރިކަން. އެހެން ނޫންނަމަ އެ ވޯޓު ކަރުދާސްތައް އޮޅުވާލަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުކުރެވޭ. އެ ވޯޓު ކުރަދާސްތައް ބަހައްޓަން ޖެހޭނެ. ތަހުގީގު ނިމެންދެކަށް." އަދުރޭ ވިދާަޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ ޝަރީފަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. ރައީސް ޔާމީން، ޝަރީފް ސިފަކުރެއްވީ އެންމެ ބޮޑު ޚާއިނުގެ ގޮތުގަ އެވެ. ނަަމަވެސް ޝަރީފް އެ ތުހުމަތުތައް ދޮގުކުރެއްވަ އެވެ.

ވޯޓާ ގުޅޭ ރިޕޯޓް ލިކުވިތާ 24 ގަޑިއިރުވެގެން ދިޔައިރުވެސް ފުލުހުން އެއްޗެއް ބުނެފައި ނުވާތީ އަދުރޭ އެ މުއައްސަސާއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެކަމުން އިންތިހާބު ވަގަށް ނެގުމުގައި ފުލުހުންގެ ދައުރެއް އޮތްކަން އެނގޭ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"މި ރިޕޯޓް ސައްހަ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ މައިގަނޑު ސަބަބަކީ މި ރިޕޯޓް ލީކުވިތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވެގެން ހިނގައްޖެ. މިއީ ޕޮލިހުންގެ ރިޕޯޓެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅެއް ނުވޭ. ވިދާޅުނުވެ އޮތުން މިއީ ސައްހަ ރިޕޯޓެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެއް ސަބަބު." އަދުރޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި އަދި މިފަދަ ރިޕޯޓެއް ލީކުވުމުން ސުޕްރީމް ކޯޓުން އިސްނަގައިގެން ވެސް މައްސަލަ ބަލަން ޖެހޭނޭ ކަމަށެވެ. އާންމުވެގެން އުޅޭ ރިޕޯޓް ދިރާސާކުރުމަށް ފަހު ހުށަހަޅަން ޖެހޭ ހުރިހާ ތަަނަކަށް ފަހުން މައްސަލަ ހުށަހަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.