ދައުލަތުގެ އާމްދަނީ

ރާއްޖޭން ބަންގްލަދޭޝް އިން ނަގަނީ 200 މިލިއަން ޑޮލަރުގެ ލޯނެއް

Dec 15, 2021
1

ރާއްޖޭގެ ފަރާތުން ބަންގްލަދޭޝަން އިން 200 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ނަގަން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން ރާއްޖެއަށް 200 މިލިއަން ޑޮލަރު ދިނުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެ ގައުމުގެ މަރުކަޒީ ބޭންކް، ބަންގްލަދޭޝަން ބޭންކް (ބީބީ)ގެ ހައިލެވަލްގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް މި ލޯނުގެ އިންޓްރެސްޓް ރޭޓާއި ލޯނު ދައްކަން ލިބޭ މުއްދަތެއް އެ ބޭންކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭން ލޯނެއް ދޭން އެދިފައިވާކަން ހާމަކޮށްފައިވަނީ ބަންގްލަދޭޝްގެ ގަވަރުނަރު ފަޒްލީ ކަބީރު އެވެ. މި ލޯނުގެ މަޝްވަރާތަށް ރާއްޖޭން ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝަން އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފޮރިން ކަރަންސީ އެންމެ ތިޔާގި އެއް ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމުން ދާދިފަހުން ވަނީ ސްރީލަންކާއަށް ވެސް 250 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕްއެއް ހަދާފަ އެވެ. އަދި މި ފައިސާއަކީ މިހާތަނަށް އެ ގައުމުން އެއް ގައުމަކަށް ދިން އެންމެ ބޮޑު ފައިސާގެ އަދަދެކެވެ. އަދި ރާއްޖޭން 200 މިލިއަން ޑޮލަރު ނަގައިފިނަމަ ވާނީ އެ ގައުމުން މިހާތަނަށް ދޭ އެންމެ ބޮޑު ލޯނަށެވެ.

ބަންގްލަދޭޝަން އިން ރާއްޖެއަށް ލޯނެއް ދޭން ތައްޔާރުވާއިރު އެ ގައުމުގެ ބޮޑު ވަޒީރު ރާއްޖެއަށް މި މަހު ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވެ އެވެ.