މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ހަތިޔާރާ އެކު ތަމްރީނެއް ފަށާތީ ސަމާލުވާން އަންގައިފި

Dec 16, 2021

ކ. ގިރފުށީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ހިނގަމުންދާ ދުވަސްވަރު ދަތުުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

ސިފައިންގެ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 20 އިން 22 އަށެވެ.

ގިރިފުށީގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް

  • ބޭނުންކުރާ ހަތިޔާރު / ޕައިކޯޓެކްނިކްސް: އޭކޭ ސީރީޒް ރައިފަލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 3،000 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

"ވީމާ މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށް އަންގަމެވެ." އޮތޯރިޓީގެ އިއުލާންގައިވެ އެވެ.

ސިފައިންގެ ތަމްރީނެއް ގިރިފުށީގައި ފެށުމަށް ތައްޔާރުވަމުންދާއިރު މިފަދަ ތަމްރީނެއް އައްޑޫ ސިޓީގެ ގަމުގައި ހުންނަ ސިފައިންގެ ޓްރޭނިން ސެންޓަރުގައި ވެސް ކުރިއަށް އެބަދެ އެވެ.
ނަމަވެސް ސިފައިންގެއިން ތަމްރީން ތަކުގެ އެއްވެސް މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.