ފިލިޕީންސް

ފިލިޕިންސްގެ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ތޫފާންއެއް އެރުމުގެ ސަބަަބުން ބޮޑެތި ގެއްލުންތެއް ލިބިފައިވާ ފިލިޕިންސްގެ ފްލައިން ސްކޫލެއްގައި ކިޔަވާ ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީން ބަލައިފި އެވެ.

ފިލިޕިންސްގެ އެކި ސަރަަހައްދުތަކުގައި ދިވެހީންގެ ގިނަ ބަޔަކު މަތީ ތައުލީމު ހާސިލްކުރަމުންދާ އިރު ތޫފާނާ ގުޅިގެން އެމީހުންގެ ހާލު ބަލަން ފޮރިން މިނިސްޓްރީން ކެނޑިނޭޅި ފާއިތުވި ތިން ދުވަހު ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

ފޮރިން މިނިސްޓްރީން ބުނީ ފިލިޕިންސްގެ ފްލައިން ސްކޫލެއްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ މިހާރު ގުޅިފައިވާ ކަމަށާއި އަދި އެ ސްކޫލުގައި ތިބި 45 ދިވެހި ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެ ކުދިންނަށް ކާނާއާއި ބޯފެން ލިބިފައިވާ ކަމަށާއި ނަަމަވެސް ތޫފާނުގެ ސަބަބުން އަދިވެސް ކަރަންޓު ކެނޑުނު ގޮތަށް އެ ހިދުމަތް ނުލިބޭ ކަމަށެވެ.

"ތޫފާނުގެ ސަބަބުން އެސަރަހަށްދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކަށް ދަތިތަކާވަނީ ދިމާވެފައި. ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި، ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރުކޮށް މި ދަނީ މަސައްކަތްކުރަމުން،" ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފިލިޕިންސްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ ބޭފުޅުން އިއްޔެއާ މިއަދު ބައްދަލުވެސް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕިލިޕީންސްގެ ދެކުނު އިރުމަތީ ސަރަަހައްދަށް އެރި ވަރުގަދަ ތޫފާނުގައި ގަޑިއަކު 195 ކިލޯ މީޓަރަށް ވައިޖެހި ގެތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ތިން މިލިއަނެއްހާ މީހުން މިހާރު ތިބީ ކަރަންޓުގެ ހިދުމަތުން މަހުރޫމުވެފަ އެވެ