ހަބަރު

އުމަރު ޒާހިރުގެ ކަށުނަމާދު އިސްލާމީ މަރުކަޒަށް ބަދަލުކޮށްފި

Dec 20, 2021

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ.

ކަށު ނަމާދު ބޭއްވުމަށް ކުރިން ނިންމީ ހުޅުމާލޭގައި ހުންނަ ސަހަރާ މިސްކިތުގަ އެވެ. ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް މިރޭގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މޫނުފުޅު ދެއްކުން އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

އުމަރު ޒާހިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.

ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލަނީ ގަލޮޅު ސަހަރާގަ އެވެ.

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.