ޖޭއެސްސީ

ގާޒީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

Dec 20, 2021

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ އާދަމް އިބްރާހީމްގެ މައްސަލަ ތަހުގީގު ކުރަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން ކަމަށް ބުނުމަށްފަހު އެވެ.

ގާޒީ އާދަމްގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާ ތަހުގީގު ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ.

ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންދާއިރު ބައެއް ފަނޑިޔާރުން ދަނީ ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވަމުންނެވެ.