އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ 87 ހިދުމަތްތެރިއަކަށް އެޥޯޑް ދީފި

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ 87 މުވައްޒަފެއްގެ އަގު ވަޒަންކޮށް އެވޯޑް ދީފި އެވެ. ހިދުމަތްތެރިންނަށް އެވޯޑް ދިނީ މިރޭ "މީރުމާ" ގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެވޯޑް ދިން ކެޓަގަރީތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް 10 އަހަރު އަދި 20 އަހަރު ހިދުމަތްކުރި މުވައްޒަފުންނަށާއި އެންމެ އުއްމީދީ މުވައްޒަފުންގެ ކެޓަގަރީ ހިމެނެ އެވެ. މީގެ އިތުރުން އެންމެ ހީވާގި އަދި އެންމެ މަސައްކަތްތެރި މުވައްޒަފުންގެ ކެޓަގަރީން ވެސް އެވޯޑް ދިނެވެ.

އަދި އެންމެ ރަނގަޅު ބިދޭސީ މުވައްޒަފު ހޮވައި އެވޯޑް ދިން އިރު އެންމެ ތަފާތު ނުވަތަ "ޔުނީކް" ހިދުމަތްތެރިޔާގެ އެވޯޑް ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފަކަށް ދިނެވެ.

އިތުރު ހާއްސަ އެވޯޑްތައް

  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އެވޯޑް: މަރިޔަމް ސަނާ ފަހުމީ އަދިި މުހައްމަދު އަލީ
  • މެނޭޖިން ޑިރެކްޓަރުގެ އެވޯޑް: ފުރުގާން އިބްރާހިމް އަދި މުއާޒް އިބްރާހިމް

މިރޭގެ ރަސްމިއްޔާތުގައި ޗެއާޕާސަން އެވޯޑް ފޯ އެކްސަލެންސްގެ އެވޯޑްވެސް ދެ ބޭފުޅަކަށް ދިނެވެ. އެއީ ހިއުމަން ރިސޯސް މެނޭޖަރު ޝާހިދާ އަހުމަދު އަދި ޖެެނެރަލް ކައުންސެލް އައިޝަތު ލުއާ ޝަހީރު އަށެވެ.

މުވައްޒަފުންގެ އަގު ވަޒަންކޮށް ކޮންމެ އަހަރަކުވެސް އެމްޑަބްލިއުއެސްސީން އެވޯޑް ދެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މި އެވޯޑް ހަފްލާ ނުބާއްވައެވެ. އެހެންވެ މިއަހަރު އެވޯޑް ދިނީ 2019 އާއި 2020 ވަނަ އަހަރުގެ ހިދުމަތްތެރިން އެއްކޮށްލައިގެނެވެ.