ކަނޑުމަތީގެ ހާދިސާ

ލޯންޗަކާއި ޑިންގީއެއް ޖެހި ބަޔަކަށް އަނިޔާވެއްޖެ

ލޯންޗަކާއި ޑިންގީއެއް ޖެހި ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު އިރު އޮއްސި 6:50 ގައި ވިލިމާލެ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހިފައިވާ ކަމަށާއި އެކްސިޑެންޓަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާ އިރު ދެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށެވެ. އެ މީހުނަށް ލިބުނު ޒަހަމްތައް ސާފެއް ނުވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްްދުގައި މިހާރުވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އެ ދިމާއިން ކަނޑުތެރެއަށް ޑިންގީ އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުން ދަތުރު ކުރާއިރު ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ