އޮބިޗުއަރީ

ބޮންޑޭގެ މަންމަ އަވަހާރަވެއްޖެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ މަންމަ އަވަހާރަވެއްޖެ އެވެ.

އަަވަސްއަށް އެނގިފައިވާ ގޮތުގައި ބޮންޑޭގެ މަންމަ މަރީނާ އާދަމް އަވަހާރަވީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެެވެ.

މަރީނާ އަވަހާރަވީ އުމުރުފުޅުން 78 އަހަރުގަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މަރީނާ ފާއިތުވި ހަތަރު މަސް ދުވަހު އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅުގަ އެވެ.

މަރީނާގެ ކަށުނަމާދުގެ ކަންކަން ނިންމައި މިއަދު ފަތިސް ނަމާދަށް ފަހު ވަނީ ފަސްދާނުލާފަ އެވެ.