އީރާގު މެދުވެރިވެ ސައޫދީ އާއި އީރާން ކުރަމުން ގެންދާ މަޝްވަރާތައް އާބުރަކަށް ތައްޔާރުވެފައި އޮތް އިރު މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށް ދެގައުމުން ވެސް ބުނެ އެވެ.
އީރާގުގެ ފޮރިން މިނިސްޓަރު ބުރާސްފަތި ދުވަހު އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާންއާ އެކު ތެހެރާންގައި ބޭއްވި ނޫސް ކޮންފަރެއްންސްގައި ވިދާޅުވީ މަޝްވަރާތަކުގައި ސައޫދީ އާއި އީރާނުން ބަދަލުކޮށްފައި ހުރި ޝަރުތުތައް ދެގައުމަށް ވެސް އެންމެ ރަނގަޅު ކަމަށެވެ.
ހުސައިން އަމީރު އަބްޖުލާހިޔާން ވިދާޅުވި ގޮތުގައި އަމަލީ ގޮތުން އީރާނަށް ކުރެވެން ހުރި ކަންކަން ސައޫދީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާންގެ ނުކުތާތަކާ މެދު ރިޔާޒުން ދެކޭ ގޮތް ވަރަށް ހަރުދަނާ ކަމަށެވެ.
ސައޫދީ އާއި އީރާނުން މަޝްވަރާތައް ފެށީ މިއަހަރު އޭޕްރީލްގައި އީރާގުގަ އެވެ. އެއަށް ފަހު ބައްދަލުވުންތައް ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ފަހު އީރާގުގައި އޮކްޓޯބަރުގައި އޮތް އާންމު އިންތިހާބަށް ވަނީ މެދުކަނޑާލާފަ އެވެ.
ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަކީ ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމަށް ކުރެވޭ މަޝްވަރާތަކެކެެވެ. މަޝްވަރާތަކުގައި އެންމެ ބޮޑު ތާށިކަމެއް އޮތީ އީރާންގެ ނިއުކްލިއާ މަޝްރޫއު އާއި ބެލެސްޓިކް މިސައިލް ތަކާ ބެހޭ ވާހަކަތަކެވެ.
އީރާނުން ނިއުކްލިއާ ބާރު ލިބިގަތުމަކީ މެދުއިރުމައްޗަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކަމަށް ދުނިޔެ ގަބޫލުކުރެ އެވެ. އަދި އީރާންގެ މިސައިލް ޕްރޮގްރާމް ނުބައި ފާލަކަށް އެޅިއްޖެ ނަމަ ލުބްނާން ފަދަ ގައުމުތަކުގައި ތިބި ބާޣީ ހަނގުރާވެރިން ފައިދާ ނެގުން ވެސް އެކަށީގެންވެ އެވެ.
އީރާން އަކީ ވިސްނުމުގައި އަބަދު ވެސް މެދުއިރުމަތީ އެހެން ގައުމުތަކާ ޚިލާފު ގައުމެކެވެ. މަޝްވަރާއަށް ވުރެ އަވަހަށް އަމަލުން ދައްކައި މަސްލަހަތު ޚަރާބުކުރުމުގައި އީރާން އަބަދު ވެސް އުޅެނީ ކުރީގަ އެވެ.
އަނެއްކޮޅުން އީރާނުން ހިޒްބުﷲ ފަދަ ހަނގުރާމަވެރި ގުރޫޕްތައް ޕްރޮކްސީއެއް ގޮތުގައި ބޭނުންހިފައި ޔަމަނުގައި ހޫސީން އެކުރާ ކަހަލަ ޖެއްސުން ގައުމުތަކަށް ކުރުމުގެ ބިރު ވެސް އެބަ އޮތެެވެ.