މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގް ނައްތާލާއިރު އޮބޮޒާވް ކުރުމުގެ ފުުރުސަތު އާންމުންނަށް

Dec 27, 2021

މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުންގެ ގޮތުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ފުލުހުން ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނެފައިވަނީ މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ އާންމުންނަށް ނޯޓް ކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު ދޫނިދޫގަ އެވެ.